ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާ ބައްދަލުކުރައްވައިފިއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްއަށް މަރުޙަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ފުލުހުންނާއި ޕްރިޒަންސް އޮފިސަރުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ފުލުހުންނާއި ޕްރިޒަންސްއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.