ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީޕީއާރުއެސް) އަށް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަން ކުރެއްވީ ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝިހާންއެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަން ކުރެއްވީ މުޙައްމަދު ޢާޞިފް އެވެ.
މި ދެމަޤާމަށް ބޭފުޅުން އައްޔަންކުރެއްވީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީޕީއާރުއެސް) އަށް 41 އަހަރު ފުރުން ފާހަގަކުރުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައިވަނީ ޑީޕީއާރުއެސްގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުންވެސް ދީފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެފެއާޒް ޑރ. މުޙައްމަދު ޖަމީލުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) މުޙައްމަދު ފަޔާޒް އާއި ޑީޕީއާރުއެސް ގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި މި ސަރވިސަސްގެ ގިނައަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.