ޑީ.ޕީ.އާރު.އެސް ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވަނީ

????????????????????????????????????

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން (ޑީ.ޕީ.އާރު.އެސް) ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 12 ވާ ހުކުރު ޚާއްސަ ރަސްމިއްޔާތެއް ބާއްވައި މުވައްޒަފުންނާ އަދި ގައިދީންނާގުޅޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެތެރޭގައި ހުކުރު ދުވަހުގެ ހެނދުނު 6:00 ގައި ހުރިހާ ޖަލުތަކެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއްބޭއްވުމާއި  ޑީ.ޕީ.އާރު.އެސްގެ ކޯޕަރޭޓް ސޮސައިޓީއާއި ގައުއަޅާ ފެކްޓްރީ ރަސްމީކޮށްއިފްތިތާޙް ކުރުމުގެ އިތުރުން  މާފުށީ ޖަލުގައި ކިޔަވައިދޭ ކްލާސްތަކެއް ހުޅުވުން ހިމެނެއެވެ. އަދި ގައިދީންނަށް ފަހަން ދަސްކޮށްދިނުމަށްޓަކައި ބޭސިކް ފަހާކޯހެއް އިފްތިތާޙް ކުރުމާއި ގައިދީންގެ ތެރެއިން ހޮވާލެވޭ ކުޅުންތެރިންގެ މެދުގައި ކޮންމެ ޖަލެއްގައިވެސް ފުޓްބޯޅަ މެޗެއް ބޭއްވުމާއި މާފުށީ ޖަލުގައި ފުލުހުންގެ ޓީމަކާއި ޑީ.ޕީ.އާރު.އެސްގެ  މުވައްޒަފުންގެ ޓީމަކާ ދެމެދު ވޮލީ ބޯޅަ މުބާރާތެއް ބޭއްވުންވެސް ހިމެނެއެވެ.

މީގެއިތުރުން އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިމަޖެންސީ ސަޕޯޓް ގްރޫޕް (އީ.އެސް.ޖީ) ގެ އައިޓަމްތަކެއް ޑިސްޕްލޭކޮށް މިކަމާބެހޭ ޚާއްސަ ޑްރިލް އެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިރަސްމިއްޔާތުގައި ޑީ.ޕީ.އާރު.އެސްގެ އިސްވެރިންނާއި މިމިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.