ސިއްޙީ ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމެއް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި މާފުށީ ޖަލުގެ ހެލްތުކެއަރ ޑިޕާޓްމަންޓް އިން ގުޅިގެންނެވެ.

IMG_7930

މި ޕްރޮގްރާމްގެ ބޭނުމަކީ ޖަލުތަކުގައި ތިބި ގައިދީންނަށް ސިއްޙީ ހޭލުންތެރިކަން އިތުރުކުމާއި ގައިންގަޔަށް އަރާ ބަލިތަކުން ދުރުހެލިވެ ތިބޭނެ ގޮތްތަކަކީ ކޮބައިކަން ބުނެދިނުމެވެ. މި ޕްރޮގްރާމްގައި އާންމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި އެ ބަލިތައް ޖެހޭގޮތްތަކާއި، ބަލިތަކުން ރައްކާތެރިވާނެ ގޮތްތަކާއި ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ ގައިދީން ވަނީ ބައިވެރިވެފައެވެ.