‏ޕްރެޒިޑެންޓްސް ކަޕް ރިކްރިއޭޝަނަލް ފުޓްސަލް މުބާރާތް: ޕެނަލްޓީ ޖަހައިގެން ދިރާގު މޮޅުވެއްޖެ ‏

ޕްރެޒިޑެންޓްސް ކަޕް ރިކްރިއޭޝަނަލް ފުޓްސަލް މުބާރާތުގެ ދަވަނަ ބުރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ދިރާގު ރޭ ބައްދަލުކުރި މެޗް ޕެނަލްޓީ ޖަހައިގެން، 7-6 ލަނޑުން ދިރާގު ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެމްސީއެސް އިންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ލީޑަކާއެކު އެމްސީއެސް ކުރީގައި އޮވެގެންނެވެ. ފަހު ހާފްގައި ކުޅުން އިތުރަށް ފޯރިގަދަވެ، ނުރައްކާތެރި ހަމަލާތަކަކަށްފަހު، ފަހުހާފުގައި ދިރާގު ޓީމުންވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އެމްސީއެސްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗް ނިމެން ކައިރިވެފައި ވަނިކޮށެވެ. އެމްސީއެސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ހުސެއިން ނާފިޒްއެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ން އެއްވަރުވުމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރޭގެ މެޗަށް އެމްސީއެސް ޓީމު ނުކުތްއިރު ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށްވަނީ އިންޖަރީގެ މައްސަލަތަކެއް ދިމާވެ، ކުޅުމާ ދުރަށްދާންޖެހިފައެވެ.