‏ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ‏

الحمد لله رب العالمين والصلاة والسلام على أشرف الخلق أجمعين  محمد صلى الله عليه وسلم وعلى آله أجمعين

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމްއަށާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދަށާއި، ހުރިހާ ޕްރިޒަން އޮފިސަރުންނަށާއި، އޮފިސަރުންގެ ލޮބުވެތި ޢާއިލާ ތަކަށް އަރިސްކުރަމެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ އިދާރީ އެންމެހާ މުވައްޒަފުންނާއި އެބޭފުޅުންގެ ލޮބުވެތި ޢާއިލާތަކަށާއި، ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުން މި ހެޔޮއެދުމާއި ތަހުނިޔާގައި ޝާމިލުކުރަމެވެ.

ފިތުރު ޢީދަކީ ބަރަކާތްތެރި ރަމަޟާންމަހު ނަފްސުގެ އެދުންތަކާއި ހަވާ ނަފުސާ ދެކޮޅަށް ކުރި ވަރުގަދަ ޖިހާދުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް ނިޢުމަތްތަކުގެ ވެރި ﷲ އަށް ތަކުބީރު ކިޔާ މުސްލިމުން އެކަކު އަނެކެއްގެ ހާލުބަލާ އުފާކުރުމުގެ ދުވަހެކެވެ. ޢީދު ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅަކީ، އިޖުމާއީ ގުޅުންތައް ވަރުގަދަކޮށް އެންމެން އެކަތިގަނޑަކަށްވެ އެކުވެރި ވުމެވެ. އެހެނީ އިޖުތިމާއީ ގުޅުމަކީ މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށް ބޭނުންކުރެވޭ އެންމެ ފުރިހަމަ ހަތިޔާރުކަމަށްވެފައި، އެފަދަ ރައްކާތެރި މާހައުލެއްގައި އަޅުގަނޑުމެންގެ ދަރިން ބޮޑުކުރުމަށް މަގުފަހި ވުމަކީ އެންމެންގެވެސް އެންމެބޮޑު އެދުންކަމަށް ވާތީއެވެ.

މި އަހަރުގެ ފިތުރު ޢީދުގެ ބަރަކާތާއި ޘަވާބު އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެން އެންމެންނަށް މާތްﷲ މިންވަރު ކުރައްވާށިއެވެ! އާމީން.

01 ޝައްވާލް 1438

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން