މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަޢުވަތަކަށް ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދެއް ރޭ ރާއްޖެ ވަޑައިގެންފިއެވެ. މިއީ ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.
ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕްރިޒަންސް އާޝިން ކަންތަ ޕޯލް އާއި ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕްރިޒަންސް އެމްޑީ ނޫރުން ނަބީ ބުއިޔާން އާއި ޖެއިލަރ އޭ.ކޭ.އޭ.އެމް. މާސޫމް، ޖެއިލަރ އެމްޑީ އަބޫ ތާލިބް އާއި ޑިޕާޓްމަންޓް އޮފް ނާކޮޓިކްސް ކޮންޓަރޯލްގެ ޑިވިޒަނަލް އިންޓެލިޖަންސް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު މާމޫން ގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސެކުއިރިޓީ ސަރވިސަސް ޑިވިޒަންގެ ޑެޕިއުޓީ ސެކްރެޓަރީ އެމްޑީ ޢަބްދުލް ކާދިރުއެވެ.
މި ދަތުރުފުޅުގައި ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދު ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާއި ބައްދަލުކުރެއްވުމުގެ އިތުރުން އެމްސީއެސްގެ ދަށުން ހިނގާ ޖަލުތަކުގެ ކަންތައްތައް ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.