އެމްސީވީއީ ވަރކްޝޮޕެއްގައި ބައިވެރިވުމަށް ޑެޕިއުޓީ ކޮމިޝަނަރ ގުއާމްއަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް “މަލްޓި-ލެޓަރަލް ކައުންޓަރިންގ ވަޔޮލަންޓް އެކްސްޓްރީމިޒަމް ވަރކިންގ ގްރޫޕް” (އެމްސީވީއީ – ޑަބްލިއުޖީ) ގެ ވަރކްޝޮޕެއްގައި ބައިވެރިވުމަށް ގުއާމްއަށް ފުރާވަޑައިގެންފިއެވެ.

އޭޕްރިލް 25 ން 28 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވަރކްޝޮޕްގައި ޑީސީޕީ ޒިލާލް ބައިވެރިވެވަޑައިގަންނަވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ދައުވަތަކަށެވެ. އަދި މި ވަރކްޝޮޕްގައި ޑީސީޕީ ޒިލާލްގެ އިތުރުން އެމްއެންޑީއެފްގެ ދެ އޮފިސަރުންންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ވަރކްޝޮޕްގައި މައިގަނޑުގޮތެއްގައި “ކައުންޓަރ ވަޔަލެންޓް އެކްސްޓްރީމިޒަމް” އާއިގުޅިގެން ސަރުކާރުތަކުންނާއި މަދަނީ ޖަމިއްޔާތަކުން ކަންތައް ކުރާނެގޮތްތަކާއި މިކަމަށް “ކްރިޓިކަލް ތިންކިންގ” ބޭނުންކުރުން ފަދަ މައުޟޫތަކަށް މަޝްވަރާކުރެވޭނެއެވެ.