‏ގައިދީންނަށް ހިންގާ ބޭސިކް ޤުރްޢާން ކްލާސް ‏‏މާފުށީ ޖަލުގައި ފަށައިފި‏

ގައިދީންނަށް ކްލާސް ނަގައިދެނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން ގައިދީންނަށް ބޭސިކް ޤުރްޢާން ކްލާހުގެ ދިހަ ވަނަ  ބެޗް އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ބެޗްގައި 25 ޤައިދީން ވަނީ ބައިވެރިވެފައެވެ. ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކްލާސްތަކަކީ ޤިރާތު ކޯހަށް މީހުން ތައްޔާރުކުރުމަށް ހިންގާ ކްލާސްތަކެކެވެ.

މި ކްލާސްތަކަކީ ގައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންތަކެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ބައެކެވެ. އައިކޯސްޓް އިން މިހާރުވެސް ގައިދީންނަށް ހާއްސަކޮށް ތަފާތު ކޯސްތައް ކުރިއަށް ގެންދެއެވެ.