ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ ޖަލުގައި ގައިދީންނަށް ދެމުންގެންދާ ބައްދަލުވުންތައް މިއަދުންފެށިގެން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެގޮތުން ޖަލުގައި ދެމުންގެންދާ އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުންތަކާއި ޑޮކްޓަރީ ފަރުވާއަށް މާލެ ގެނައުންވެސް މިއަދުންފެށިގެން ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ. އަދި ޖަލުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ މެޑިކަލް ދަތުރުތަކާއި ކޯޓަށް ގެންދަންޖެހޭ ދަތުރުތައް އެކަންޏެވެ.