ހިއުމަން ރައިޓްސް އެކްޝަން ޕްލޭނާގުޅޭ މައުލޫމާތު އެމްސީއެސްގެ ވެރިންނާ ހިއްސާކޮށްފި

އޭޖީ އޮފީހުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި އދ. ގެ ޕޮޕިއުލޭޝަން ފަންޑުގެ އެހީތެރިކަމާއެކު އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލަމުން ގެންދާ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭނާގުޅޭ މަޢުލޫމާތު ކަމާބެހޭ އިދާރާ ތަކުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި ހިއްސާ ކުރުމަށް އެ އޮފީހުން ވަކިވަކިން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުން ތަކުގެ ތެރެއިން މިއަދު އެމްސީއެސްގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ޙުކުމް ތަންފީޒުކުރާ މީހުންނަށް ލިބިދޭ އިންސާނީ ޙައްގުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައިވާ އެންމެހާ ކަންކަމާގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަމުގައި އެފަރާތާއެކު އިތުރަށް ކުރިއަށް ދިއުމަށް ކުރަންހުރި މަސައްކަތް ކުރުމަށް ނިންމާފައެވެ.