ގައުމީ ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމު ޕްރިޒަން ރިކްރިއޭޝަން ކްލަބަށް ލިބިއްޖެއެވެ.
މުޅިން އަލަށް ގައުމީ ފެންވަރުގެ މުބާރާތެއްގައި ކުޅެން ނުކުތް ޕްރިޒަން ރިކްރިއޭޝަން ކްލަބަކީ ޒުވާން ކުޅުންތެރިން ތަކަކާއެކު ކުޅެން ނުކުތްޓީމެކެވެ. އެހެންނަމަވެސް މުބާރާތުގައި ޕީއާރުސީ ކުޅުނު ފުރަތަމަ މެޗް ސީދާ ތިންސެޓުން ވަނީ ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުނީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މެޗް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ސީލައިފް ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ތިން ވަނަ ޓީމުގެ މަގާމު ލިބުނީ ސްޕޯޓްސް ކްލަބް ސިޓީ އަށެވެ.