‏މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމެންޓް 2016: މާލޭ ޖަލާއި ޕްރިޒަނަރ މެނޭޖްމަންޓް މޮޅު ކުޅުމެއް ދައްކައިފި‏

މާލޭ ޖަލާއި އައްސޭރި ޖަލު ކުޅުނު މެޗްގެ ތެރެއިން

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ އިއްޔެ ކުޅުނު ފުރަތަމަ މެޗްއިން މާލޭ ޖަލު ކުރިހޯދިއިރު، ޕްރިޒަނަރ މެނޭޖްމަންޓްއިން އިއްޔެ ރޭގެ މެޗް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި މާލޭ ޖަލުން މެޗް ކާމިޔާބުކުރީ 3-1 ސެޓުން އައްސޭރި ޖަލު ބަލިކޮށްފައެވެ. މާލޭ ޖަލުން 25-6، 25-11، 25-20 ން ތިން ސެޓް ކާމިޔާބުކުރިއިރު، އައްސޭރި ޖަލަށް 1 ސެޓް ކާމިޔާބުކުރެވުނީ 26-24 ނެވެ. މި ފޯރިގަދަ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާލޭ ޖަލުގެ އަޙްމަދު ޝާހީންއެވެ.

????????????????????????????????????

ރޭ ކުޅުނު މެޗްގައި ޕްރިޒަނަރ މެނޭޖްމަންޓްއިން ވަނީ 25-19، 25-23، 25-14 ން 3 ސެޓް ކާމިޔާބުކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕްރިޒަނަރ މެނޭޖްމަންޓްގެ އިބްރާހިމް ޝިނާންއެވެ.

މިއަދު މި މުބާރާތުގެ ތިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ އައްސޭރި ޖަލާއި ޕްރިޒަނަރ މެނޭޖްމަންޓް، މާލޭ ޖަލާއި ސެކިއުރިޓީ ޔުނިޓް އަދި ޕްރޮގްރާމްސް އެންޑް އޮފެންޑަރސް އަދި އީއެސްޖީއެވެ.