މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތުގެ އިއްޔެ ކުޅުނު ފުރަތަމަ މެޗް ސެކިއުރިޓީ ޓީމްއިން ކާމިޔާބުކޮށްފައިވާއިރު، އިއްޔެ ރޭގެ މެޗް ކާމިޔާބުކޮށް ޕްރިޒަނަރ މެނޭޖްމަންޓްއިން ދަނީ މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ.
މިގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ސެކިއުރިޓީ ޓީމްއިން ވަނީ 3-2 ސެޓުން އައްސޭރި ޖަލުގެ މައްޗަށް ކުރިހޯދައިފައެވެ. ދެ ޓީމުންވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު، ސެކިއުރިޓީ ޓީމުން ތިން ސެޓް ކާމިޔާބުކުރި 25-17، 25-16 އަދި 15-13 ޕޮއިންޓުންނެވެ. އައްސޭރި ޖަލުން ކާމިޔާބުކުރި ދެ ސެޓްގެ ސްކޯއަކީ 25-17 އަދި 25-23 ޕޮއިންޓެވެ. މި ފޯރިގަދަ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސެކިއުރިޓީ ޔުނިޓްގެ އަޙްމަދު މަންސޫރުއެވެ.
މި މުބާރާތުގެ ހަތް ވަނަ މެޗްގައި ޕްރިޒަނަރ މެނޭޖްމަންޓްއިން ވަނީ އީއެސްޖީ 3-1 ސެޓުން ބަލިކޮށްފައެވެ. ފުރަތަމަ ސެޓް 25-21 ޕްއިންޓްއިން ޕްރިޒަނަރ މެނޭޖްމަންޓްއިން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ސެޓް 26-24 ޕޮއިންޓްއިން އީއެސްޖީ ވަނީ ކާމިޔާބުކޮށްފައެވެ. ޕްރިޒަނަރ މެނޭޖްމަންޓްއިން ވަނީ ދެން ކުޅުނު ދެ ސެޓް 25-14 އަދި 25-19 ން ކާމިޔާބުކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕްރިޒަނަރ މެނޭޖްމަންޓްގެ ހުސެއިން ސަމާހްއެވެ.
މިއަދުވެސް މި މުބާރާތުގެ ދެ މެޗްކުޅުމަށްވަނީ ހަމަޖެހިފައެވެ.