‏ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯހުގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި‏

އީއެސްޖީ އޮފިސަރުންނަށް ކޯސް ކުރިއަށްދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެމެޖެންސީ ސަޕޯރޓް ގްރޫޕް (އީއެސްޖީ)ގައި މަސައްކަތްކުރާ އޮފިސަރުންނަށް “ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް” ކޯހުގެ ދެވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މި ކޯހަކީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ.

މިކޯހުގައި ކިޔަވައިދޭނީ ގައިދީން ބަލަހައްޓާ ކޮންޓްރޯލްކުރާނެ ގޮތްތަކާއި، ޑިސިޝަންމޭކް ކުރާނެ ގޮތްތަކާއި، މުއާމަލާތް ކުރަން ދަސްކޮށްދިނުމަށާއި، ކްރިޓިކަލް ހާލަތްތައް މެނޭޖްކުރާނެގޮތާއި އަދި އެފަދަ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އިތުރުން އަމިއްލަ ނަފްސު ދިފާއުކުރާނެ ގޮތްތަކެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ އައިކޯސްޓްގެ މުދައްރިބުންނެވެ.