‏”ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″: ޓީމް ޔެންކީ އާއި ޓީމް ރެކަން‏‎ ‎‏ފައިނަލަށް‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ ފައިނަލަށް ޓީމް ޔެންކީ އާއި ޓީމް ރެކަން ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ޓީމް ޔެންކީ އާއި ޓީމް އޮސްކަރ 3-3 ލަނޑުން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން މެޗް ކާމިޔާބުކުރީ ޓީމް ޔެންކީއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޔެންކީގެ ޢަލީ ސާޖިދުއެވެ.

2

ސެމީ ފައިނަލްގެ ދެވަނަ މެޗް ކާމިޔާބުކުރީ 11 ލަނޑުން ޓީމް ރެކަންއެވެ. މި މެޗްގައި ޓީމް ރެއިޑަރސް ވަނީ 10 ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ރެކަންގެ އަޙްމަދު މިޒްހާންއެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައިއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އެވެ. މީގެ އިތުރުން މާކެޓް ހޮޓާ، މިޑްލް ކެޗް ޝޮޕް އަދި ޓަގް ސަރވިސް މެރައިން ޕވޓ ލޓޑ އަކީވެސް މި މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.