‏”ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″: ފުރަތަމަ މެޗުން ޓީމް ޔެންކީ މޮޅުވެ، ދެވަނަ މެޗް ‏‏އެއްވަރު‏

‏ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″‏ ގެ ފުރަތަމަ ދުވަހުގެ މެޗެއް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016″ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗް ޓީމް ޔެންކީ ކާމިޔާބުކޮށް، ދެވަނަ މެޗް އެއްވަރު ވެއްޖެއެވެ.

ޓީމް ޔެންކީ މެޗް ކާމިޔާބުކުރީ 6-3 ލަނޑުން ޓީމް ސަންރޭގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޔެންކީގެ ޝަރަފް ޝާކިރުއެވެ.

މުބާރާތުގެ ދެވަނަ މެޗު ވަނީ ޓީމް ރެކަން އާއި ޓީމް ރެއިޑަރސް 7-7 ލަނޑުން އެއްވަރުވެފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ރެކަންއަށް ތިން ލަނޑުޖަހައިދިން އަޙްމަދު މިޒުހާންއެވެ.

މި މުބާރާތުގައި މިއަދުކުޅުމަށް ހަމަޖެހިފައިވަނީ ޓީމް ޔޭންކީ އާއި ޓީމް އޮސްކަރ އަދި ޓީމް ރެކަން އާއި ޓީމް ސަން ރޭއެވެ.