މާފުށީ ޖަލު ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްކޮށްފި

މާފުށީ ޖަލު ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީދުވަހުގެ ޙަރަކާތްކުގެ ތެރެއިން މާފުށީ ޖަލު ސަރަޙައްދާއި، ޖަލުގެ ވަށައިގެންވާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އިއްޔެ ކޮށްފިއެވެ.

މި މަސައްކަތުގައި މާފުށީ ޖަލުގެ މުވައްޒަފުންގެ އިތުރުން އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) އާއި އައިކޯސްޓްގެ އޮފިސަރުން ބައިވެރިވިއެވެ.

“ޖަލުވެށި ސާފުކުރާނީ އަހަރެމެން – މަވެސް ދާނަން” މި ޝިޢާރުގެ ދަށުން އިއްޔެގެ މެންދުރުފަހު ދޭއްޖެހިއިރު ފެށިމަސައްކަތް ޖޯށާއި ފޯރީގައި ކޮށްނިންމާލީ ހަވީރު ހައެއްޖެހިއިރުއެވެ. މި މަސައްކަތުގައި ގިނައަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އިއްޔެގެ މަސައްކަތުން ގިނައަދަދެއްގެ ކުނި ވަނީ އުކާލާފައެވެ.

މާފުށީ ޖަލުގެ އަހަރީ ދުވަހަކީ ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހެވެ. އަދި އީއެސްޖީގެ އަހަރީ ދުވަހަކީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހެވެ.