‏”ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016″: ޓީމް އެޗްކިއު އާއި އެފްސީ މޯނިންގ ޝިފްޓް ‏‏ފައިނަލަށް‏

ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗް: ޓީމް އެޗްކިއު އާއި ޓީމް އެޗްޑީސީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އެސްކޯޓް ޗެލެންޖް 2016″ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗްގައި ވާދަކުރާނީ ޓީމް އެޗްކިއު އާއި އެފްސީ މޯނިންގ ޝިފްޓެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އެފްސީ ޗާލީ އާއި ވާދަކޮށް އެފްސީ މޯނިންގ ޝިފްޓް މެޗް ކާމިޔާބުކުރީ 5-2 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޭގެ މެޗްގައިވެސް މޮޅުކުޅުމެއް ދެއްކި އަދި މުބާރާތުގެވެސް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވާ އެފްސީ މޯނިންގ ޝިފްޓްގެ އިސްމާޢީލް ޒަރީރްއެވެ. އިސްމާޢީލް ޒަރީރުވަނީ މި މުބާރާތުގައި 22 ގޯލް ކާމިޔާބުކޮށްފައެވެ.

_mg_5127

ސެމީ ފައިނަލްގެ ފޯރިގަދަ ދެވަނަ މެޗް ޓީމް އެޗްކިއުއިން ކާމިޔާބުކުރީ 2-1 އިން ޓީމް އެޗްޑީސީގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗްގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ ކެޕްޓަން އާދަމް މަންސޫރުއެވެ. އާދަމް މަންސޫރު އަކީ މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.

_mg_5471

ޓީމް އެޗްޑީސީއަކީ “އެސްކޯޓް ޗެލެންޖް ކަޕް 2015” ގެ ޗެމްޕިއަން ޓީމެވެ.

މި މުބާރާތުގެ ތިން ވަނަ ކަށަވަރުކުރާ މެޗްގައި ބައްދަލުކުރާނީ ޓީމް އެޗްޑީސީ އާއި އެފްސީ ޗާލީއެވެ. މި މެޗް މާދަމާ 17:00 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗް ކުޅޭނީ މާދަމާ ރޭ 20:00 އިރުއެވެ.