‏”ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016″: ޓީމް އެޗްޑީސީ،‏‎ ‎‏ޓީމް އެޗްކިއު އަދި އެފްސީ ‏‏މޯނިންގ ޝިފްޓް ރޭގެ މެޗްތައް ކާމިޔާބުކޮށްފި‏

ރޭ ކުޅުނު ޓީމް އެޗްކިއު އާއި ޓީމް ޗާލީގެ މެޗްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ޕްރިސްކޯ އެސްކޯޓް ޗެލެންޖް 2016″ ފުޓްސަލް މުބާރާތުގެ ރޭގެ މެޗްތައް ކާމިޔާބުކުރީ ޓީމް އެޗްޑީސީ އާއި ޓީމް އެޗްކިއުގެ އިތުރުން އެފްސީ މޯނިންގ ޝިފްޓެވެ.

ރޭ ކުޅުނު ފުރަތަމަ މެޗްގައި އެފްސީ ޑެލްޓާކޮޅަށް 5 ލަނޑުޖަހައި، މެޗް ކާމިޔާބުކުރީ ޓީމް އެޗްޑީސީއެވެ. އެފްސީ ޑެލްޓާއަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި، ޓީމް އެޗްޑީސީގެ މުޙައްމަދު ސިރާޖެވެ.

ރޭގެ ދެވަނަ މެޗްގައި ޓީމް އެޗްކިއުއަށް ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބި، އެ ޓީމުން ވަނީ 09 ލަނޑު ޖަހައި މެޗް ކާމިޔާބުކޮށްފައެވެ. އަދި އެފްސީ ޗާލީން ވަނީ ބޮޑަށް ދިފާއީ ކުޅުމެއް ކުޅެ، އެއްވެސް ލަނޑެއް ކާމިޔާބުނުކުރެވިފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ ކެޕްޓަން އާދަމް މަންސޫރުއެވެ. އާދަމް މަންސޫރުވަނީ މި މެޗްގައި މޮޅުކުޅުމެއް ދަކައި އިދިކޮޅު ޓީމްގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލާފައެވެ.

84

ރޭގެ ތިންވަނަ މެޗް އެފްސީ މޯނިންގ ޝިފްޓް ކާމިޔާބުކުރީ 4-1 ލަނޑުން ޓީމް އެސްކޯޓްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ވާދަވެރި މެޗްގައި ވަނީ ޓީމް އެސްކޯޓްއަށް ގިނަ ކާޑު ތަކެއްވެސް ދައްކާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ މޯނިންގ ޝިފްޓްގެ ތިން ލަނޑުޖެހި އިސްމާޢީލް ޒަރީރްއެވެ.

92

މި މުބާރާތުގައި މިއަދާއި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗަކީ ޓީމް އެސްކޯޓް އާއި އެފްސީ ޑެލްޓާ، ޓީމް އެޗްޑީސީ އާއި އެފްސީ އަލްފާ އަދި އެފްސީ ޗާލީ އާއި ޓީމް އެސްއެމްޓީއެވެ.