‏އެމްސީއެސް އިން ފުލުހުންނަށް އިންފޮރމޭޝަން ސެޝަންއެއް ބާއްވައިފި ‏ ‏

ޕޮލިސް ކަސްޓޯޑިއަލް އަށް ބޭއްވި ސެޝަންގެ ތެރެއިން

ޕޮލިސް އެކަޑަމީން ކުރިއަށް ގެންދާ “ޕްރޮފެޝަނަލް ޓްރެއިނިންގ ފޯރ ކަސްޓޯޑިއަލް އޮފިސަރ” ޓްރެއިނިންގ ކޯހުގެ ބައިވެރިންނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދައުރާއި ގާނޫނީގޮތުން ލިބިފައިވާ ބާރުތަކުގެ އިތުރުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާމެދު އަމަލުކުރަމުންދާ ގޮތްތަކާއި، ގައިދީން ރިހެބިލިޓޭޓްކޮށް މުޖްތަމައުއަށް ރަނގަޅު ފަރުދުންގެ ގޮތުގައި ނެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެމްސީއެސްގެ ރިހެބިލިޓޭޝަން ފްރޭމްވަރކާ ބެހޭ މައުލޫމާތު ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މި ސެޝަން އޮތީ އިސްކަންދަރު ކޮށީގައެވެ. މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފުލުހުންނަށް ހިންގި މިފަދަ ދެވަނަ ސެޝަންއެވެ.

މި ސެޝަންގައި މަޢުލޫމާތުދެއްވީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.