މަނާ ބޭސްތަކަކާއެކު ޖަލު އޮފިސަރަކު ހައްޔަރުކޮށްފި.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަނާބޭސްތަކަކާއެކު ޖަލު އޮފިސަރަކު މިއަދު ހަވީރު 04:30 ހާއިރު މާފުށިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހައްޔަރު ކޮށްފައިވަނީ މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ އަތުން ވަނީ މަނާ ބޭސްތަކެއް ފެނިފައެވެ.