‏”ފެސިލިޓޭޓަރ ޓްރޭނިންގ ޕްރޮގްރާމް 2016″ ފަށައިފި‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ފެސިލިޓޭޓަރ ޓްރޭނިންގ ޕްރޮގްރާމް 2016” އިފްތިތިތާހުކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު މާލޭ ޖަލުގެ އެނެކްސް އެކެއްގައެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް ދޭއް ގައި ހިމެނޭ ބައިތައް ކުރިއަށް ގެންދިއުމަށް އޮފިސަރުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 19 ބައިވެރިންނެވެ.

ފެސިލިޓޭޓަރ ޓްރޭނިންގ ޕްރޮގްރާމް 2016 ގައި ހިމެނެނީ ލައިފް ސްކިލްސް، ހެލްތް އެވެއަރނަސް، ޗައިލްޑް އެބިއުސް ޕްރިވެންޝަން، ޑްރަގް އެވެއަރނަސް ފަދަ މޮޑިއުލްތަކެވެ.

މި ޕްރޮގްރާމްގައި ކިޔަވާދެއްވަނީ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މިގޮތުން ލައިފް ސްކިލްސް މޮޑިއުލް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ކުރިއަށް ގެންދާއިރު ހެލްތް އެވެއަރނަސް މޮޑިއުލް ކުރިއަށްގެންދާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިންނެވެ. އަދި ޗައިލްޑް އެބިއުސް ޕްރިވެންޝަން މޮޑިއުލް ކުރިއަށްގެންދާނީ ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ސީއޭއާރްއެސް) އިންނެވެ. އަދި ޑްރަގް އެވެއަރނަސް މޮޑިއުލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ޑްރަގް އޭޖެންސީއިންނެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކުން ގައިދީން ރިހެބިލިޓޭޓްކޮށް، ކުށުގެ ވެށިން ދުރުހެލިވެތިބޭ، ރަނގަޅު ޒިންމާދާރު ފަރުދުންގެ ގޮތުގައި މުޖްތަމައުއަށް ނެރުމަށް އެމްސީއެސް އިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ގައިދީންނަށް ހާއްސަކޮށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާނެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއާއި ޕްރޮގްރާމްސް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.