ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އައްސޭރި ޖަލުގެ ގިރާ ސަރަހައްދަށް ވަޑައިގެން އެސަރަހައްދު ބައްލަވާލައްވައިފިއެވެ.
ހިންމަފުށީގެ ބިން ހިއްކުމަށްފަހު ލާފައިވާ ތޮށީގެ ކޮޅުން ވަރަށްބޮޑަށް ރާޅުއަރާ އައްސޭރި ޖަލުގެ އޮފިސަރުން ނިދާ ބްލޮކް އާއި ހިސާބަށް ލޮނުގަނޑު ވަނީ އަަރާފައެވެ. މި ސަރަހައްދަކީ ހިންމަފުށި ހިއްކުމުގެ ކުރިން ދުވަހަކުވެސް މިވަރަށް ރާޅުއެރި ސަރަހައްދެއް ނޫނެވެ. ނަމަވެސް މިހާރު މިސަރަހައްދަށް ވަރަށްބޮޑަށް ރާޅުއަރާ ބޮޑުބައެއް ދަނީ ގިރަމުންނެވެ.
ހިއްކާ ނިންމާލާފައިވާ ސަރަހައްދުގެ ކޮޅުގައި ޖަހާފައިވާ ހިލަތޮށިގަނޑު އިތުރަށް ދިގުނުކޮށް މި ސަރަހައްދަށް ރާޅުއެރުން ނުހުއްޓުވޭނެކަމަށް ބެލެވެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އިއްޔެވަނީ އައްސޭރި ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ހިންމަފުށީގެ ހިއްކި ސަރަހައްދަށް ވަޑައިގެން އެސަރަހައްދުވެސް ބައްލަވާލައްވާފައެވެ.