ރަމަޟާން ފުޓްސަލް ކަޕް 2016: ރޭގެ ދެ މެޗްވެސް އެއްވަރު

މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016″ގެ ރޭގެ ދެ މެޗްވެސް ވަނީ އެއްވަރުވެފައެވެ.

މިގޮތުން ފުރަތަމަ މެޗްގައި ލޮޖިސްޓިކް އާއި ޕެންތަރ އެފްސީ ބައްދަލުކޮށް، އެއްވަރުވެފައިވަނީ 5-5 ލަނޑުންނެވެ.

އަދި ރޭގެ ދެވަނަ މެޗްގައި އައިވަރީ އާއި ސެކިއުރިޓީ ބައްދަލުކޮށް، 3-3 ލަނޑުން މެޗް ވަނީ އެއްވަރުވެފައެވެ.

13475238_601533010010995_4077496050214665736_o

ރޭގެ ދެމެޗްގައިވެސް ޓީމްތަކުން ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް އުފެއްދިނަމަވެސް ނަތީޖާ ތަފާތުކޮށްލެވޭނެގޮތް ވަނީ ނުވެފައެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ލޮޖިސްޓިކް ޓީމުގެ މުޙައްމަދު އާޠިފް ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިވަރީގެ ތަޢުޒީމް އަޙްމަދުއެވެ.