މާފުށި ޖަލުގައި “ސެޓްފިކެޓް 1 އިން ސޮވިންގ” ކޯހުގެ 3 ވަނަ ބެޗް މިއަދު ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން “ސެޓްފިކޭޓް 1 އިން ސޮވިންގ” ކޯސް މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ. މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓްރީ ކޮށްގެން ހިންގާކޯހެކެވެ.

ފަސް ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހުގައި ޖުމްލަ 20 ގައިދީން ބައިވެރިވެފައިވާ އިރު ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން ކުލާހެއްގައި 10 ގައިދީން ހިމެނޭ ގޮތަށެވެ. މިކޯހުގައި ކިޔަވައިދޭނީ ޖުމްލަ 2 މޮޑިއުލްއެވެ. މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ބާލީސް، ބާލީސްއުރަ، ބެޓްޝީޓް، ރަބަރުލެއްވި ހަރުވާޅު، ސޯޓު އަދި ކުޝަން، މިންނަގާ ކަނޑާ ފަހަން އެނގޭނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން މިހާރުވެސް ޤައިދީންނަށް ތަފާތު ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ޤިރާތު ކޯސް ލެވެލް 1،2،3 ، ހިފްސް ކްލާހާއި، އިސްލާމް ކްލާސްތަކުގެ އިތުރުން ބޭސިކް ޤްރުއާން ކުލާހާއި، ކޮމްޕިއުޓަރ ކޯސްތައް ހިންގަމުން ގެންދެއެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެން ފުޅާ ކުރުމަށް  ގެންދަނީ އިތުރަށް މަސައްކަތް ކުރަމުންނެވެ.