ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން އިސްނަގައިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ބައިވެރި ވެއްޖެއެވެ.
ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިއަދު ހެނދުނު ފައްޓަވާދެއްވީ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް އެވެ. ސާފުކުރުމުގެ މި ޕްރޮގްރާމް ގައި ހުޅުމާލެ އެއްކޮށްހެން ވަނީ ސާފުކޮށްފައެވެ.
މި މަސައްކަތުގައި ޕްރިޒަން އޮފިސަރުންގެ އިތުރުން ހުޅުމާލޭގައި ހުރި ސަރުކާރު އެކިއެކި އިދާރާ ތަކުގެ މުވައްޒަފުންނާއި ސްކޫލް ތަކާއި، ޖަމްއިއްޔާ ޖަމާއަތް ތަކުގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންވަނީ ބައިވެރި ވެފައެވެ.