ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޔޫއެސް އެމްބަސީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެމްބަސީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސް)ގެ ޑައިރެކްޓަރ، އިންފޮމޭޝަން ސަޕޯރޓް ޓީމް މރ ބްރާޔަން ޓެރަޒާސް އާއި ޑިފެންސް ކޯޑިނޭޓަރ މސ ކްރިސްޓީން ކޭންކްއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ފާއިތުވި ދެ އަހަރު ދުވަހު ޔޫއެސް އެމްބަސީ އާއި އޭޝިއާ ފައުންޑޭޝަންއާއި ގުޅިގެން ގައިދީންނަށް ހިންގުނު ވޮކޭޝަނަލް ޕްރޮގްރާމްތަކާއި ދީނީ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއިބެހޭގޮތުންނެވެ.

ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ގެންދަނީ ތަފާތު ދާއިރާތަކުން ކޯސްތައް ހިންގަމުންނެވެ.