ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ މުއްދަތު، 19 އެޕްރީލް 2016 އިންފެށިގެން 30 ދުވަހަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިތުރުކޮށްފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސް ފަރުވާއަށް މުއްދަތު އިތުރުކޮށްފައިވަނީ އެމަނިކުފާނު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ވިދާޅުވެ އެކަމާގުޅޭ ލިޔެކިއުންތައް ހުށަހެޅުމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފޮނުވާފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.