ހުޅުމާލޭ ޑިޓެންޝަން ސެންޓަރގެ އޮފިސަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި

ހުޅުމާލޭ ޕޮލިސް ސްޓޭޝަންއިން އިސްނަގައިގެން ޓްރެފިކް ޕޮލިސް އާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރގައި މަސައްކަތްކުރާ އޮފިސަރުންނަށް ޓްރެފިކް ގަވާއިދުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް ބާއްވައިފިއެވެ.

2016 އެޕްރީލް 15 ވަނަ ދުވަހު ހުޅުމާލެ ޑިޓެންޝަން ސެންޓަރގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ސެންޓަރުގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރި ވެފައެވެ. މި ސެޝަންގައި ޓްރެފިކް ގާނޫނާއި ޓްރެފިކާއި ގުޅުންހުރި ގަވާއިދުތަކާއި ބެހޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނެ ގޮތާއި ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެންމެންވެސް ޓްރެފިކް ގަވާއިދުތަކަށް އަހުލުވެރި ކުރުވުމާއި، އެކްސިޑެންޓްތަށް ގިނަވަމުން އަންނާތީ، އެކަންކަން ހުއްޓުވުމަށް ބާރުއެޅުމާއިއެކު ޖަލު އޮފިސަރުން އިތުރަށް ހޭލުންތެރިކުރުމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ އަބަދުވެސް މުޖްތަމައުގެ ރައްކާތެރިކަމާ ސަލާމަތްކަން ދެމެހެއްޓުމުގައި ހާއްސަ ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ.