މާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއެއް ރޭ ފަތިހު ނިޔާވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ގެ ބެލުމުގެ ދަށުގައި ހުންނަ މާލޭ ޖަލުގައި ހުކުމްތަންފީޒް ކުރަމުންދިޔަ މުޙައްމަދު އިބްރާހިމް ޅ.ނައިފަރު، ނިވައިދޮށުގެ (85 އަހަރު) 15 ޖެނުއަރީ 2015 ވަނަދުވަހުގެ ފަތިހު 3:18 އެހާކަންހާއިރު ވަނީ ނިޔާވެފައެވެ.

ނޭވާލުމަށް އުދަގޫވެގެން އުޅުމުން ރޭފަތިހުގެ ވަގުތެއްގައި އޭނާވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށްގެންދެވިފައެވެ. ހޮސްޕިޓަލުން ޑޮކްޓަރު ބައްލެވުމަށްފަހު ވިދާޅުވީ މުޙައްމަދު އިބްރާހިމް ނިޔާވެފައިވާކަމަށެވެ.

މުހައްމަދު އިބްރާހިމްއަކީ 10 އަހަރުދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާމީހެކެވެ.