ޖަލު އޮފިސަރުން ކުރާ މަސައްކަތަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު މަސައްކަތެއް – ހޯމް މިނިސްޓަރ

UmarNaseer

ޖަލު އޮފިސަރުން މަގުމަތި ބެލެހެއްޓުމުގައި ޔުނީފޯރމްގައި ހަރަކާތްތެރިވާތަން ނުފެނުނު ކަމުގައި ވިޔަސް ބެކްރައުންޑްގައި ތިބެގެން މިކުރާ މަސައްކަތްތަކަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ  ޕްރިޒަން އެކަޑަމީގެ ފަރާތުން ކުރިއަށްގެންދާ އޭ.އެސް.އާރ ޓްރެއިނިންގ ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން މިއަދު ހެނދުނު މާފުށީޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޤާނޫނީ ގޮތުން މިކަމަކީ ޕްރިޒަން އޮފިސަރުން ކުރަން ޖެހޭކަމެއްކަމަށާއި މިކަމުގެ ސަބަބުން މަސައްކަތަށް ލުއި ފަސޭހަ ކަން ލިބިގެން ދިއުމާއިއެކު ޖަލުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ވަރަށް ފަސޭހަވެގެން ދާނެކަމަށެވެ. އަދި މިޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އިސްނެންގެވި އެންމެހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ހާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކުރިއެރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތައް ފާހަގަކުރައްވާ، ކޮމިޝަނަރ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

Prison officers

މި ޓްރެއިނިނގް ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕެޕަރ ސްޕްރޭ އާއި ސީ.އެސް ގޭސް ބޭނުންކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމަށްޓަކައި ޕްރިޒަން އެކަޑަމީ އާއި ޕޮލިސް އެކަޑަމީގުޅިގެން ޕޮލިސް އެކަޑަމީއިން އިން ފަރުމާކޮށް އަދި އެއެކަޑަމީގެ މުދައްރިބުންގެ އެހީތެރިކަމާއިއެކު ހިންގޭ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި މިފަދަ ބާވަތްތައް އުފައްދާފައިވާ ގޮތްތަކާއި، އޮޕަރޭޝަނަލް ޙާލަތުގައި މިތަކެތި ބޭނުންކުރާނެ ގޮތާއި، މިފަދަ ބާވަތެއްގެ އަސަރުކޮށްފައިވާ މީހާއަށް ކުއްލި ޙާލަތުގައި ފަރުވާ ދޭނެގޮތް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *