އެންޓްރީ ލެވެލް ޓްރެއިނިންގ ޕްރޮގްރާމް 18 ވަނަ ބެޗް ނިންމި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަސާސީ ތަމްރީން ކޯސް ކަމުގައިވާ އެންޓްރީ ލެވެލް ޓްރޭނިން ޕްރޮގްރާމުގެ (އީ.އެލް.ޓީ.ޕީ) 18 ވަނަ ބެޗުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށި ޖަލުގައި މިރޭ ބާއްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މި ކޯހުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ޝަރަފުވެރި މެހެމާނު ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދެވެ. އީ.އެލް.ޓީ.ޕީ 18 ވަނަ ބެޗުގައި ބައިވެރިވި 23 އޮފިސަރުން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.

އެންޓްރީ ލެވެލް ޓްރެއިނިންގ ޕްރޮގްރާމް (އީ.އެލް.ޓީ.ޕީ) އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅޭ ކޮންމެ ޕްރިޒަން އޮފިސަރަކުމެ  ފުރިހަމަކުރަންޖެހޭ ކޯހެކެވެ.  މި ކޯހުގައި ކިޔަވައިދެވުނުބައިތަކުގެ ތެރޭގައި ފަސްޓް އެއިޑް، ސަރޗް ޕީޕަލް އެންޑް ޕްރޮޕަރޓީސް، އޮބްޒަވޭޝަން ޓެކްނިކްސް، ފަޔަރ ފައިޓިންގ، ލޮކްސް އެންޑް ކީ، ރެސްޓްރައިން ޓެކްނިކްސް، އެތިކްސްއާއި ޕްރިޒަނަރ އެސްކޮޓް ފަދަ މާއްދާތައް ހިމެނެއެވެ. މި ކޯހަކީ 04 މަސްދުވަހުގެ ކޯހެކެވެ.

އީ.އެލް.ޓީ.ޕީ 18 ވަނަ ބެޗުގެ އެންމެ ދުޅަހެޔޮ އޮފިސަރަކަށް ޕްރިޒަންސް ޕްރައިވެޓް ޖައިލަމް އުސްމާން ހޮވިފައިވާ އިރު މުޅި ކޯހުގެ އެންމެ މޮޅު އޮފިސަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙްމަދު ޝިފާންއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މިވަގުތު މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީވެސް އީ.އެލް.ޓީ.ޕީ ފުރިހަމަކޮށްފައިވާ އޮފިސަރުންކަމުގައި ފާހަގަކުރަމެވެ.