“ޓްރެއިނިންގ ފޮރ ޕްރިޒަންސް އޮފިސަރސް” ޕްރޮގްރާމް މިއަދު މާފުށީ ޖަލުގައި ފަށައިފި

prison officer training

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ “އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް” (އައިކޯސްޓް) އާއި ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެން ޕްރިޒަންސް އޮފިސަރުންނަށް ހިންގާ “ޓްރެއިނިންގ ފޮރ ޕްރިޒަންސް އޮފިސަރސް” ޓްރެއިނިންގ ޕްރޮގްރާމް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އިންސާނީ ހައްގުތަކުގެ ތަޢާރަފާއި، ގާނޫނު އަސާސީ އާއި އާންމު ގަރާރުތަކާއި، އިންސާނީ ޙައްގުތަކާއި ބަންދުގައި ބައިތިއްބާ މީހުން އަދި އަންހެނުންނާއި ކުޑަކުދިންގެ ޙައްގު ތަކުގެ މައްޗަށެވެ. އަދި އެންޓި ޓޯޗަރ ގާނޫނާއި، ސިއްހީ ހައްގާއި ޖަލުތަކާއި ބެހޭ ގަވާއިދާއި، ބާރުގެ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މައްޗަށްވެސް މި ސެޝަންތަކުގައި އަލިއަޅުވާލައި މަޝްވަރާ ކުރާނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ހުރިހާ ޖަލުތަކާއި ޑިޓެންޝަން ސެންޓަރުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމް އައްސޭރި ޖަލުގައި ވަނީ ހިންގާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *