އެމް.ޓީ.ސީ.ޕީ ގެ ދަށުން ހިންގި ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ބައިވެރިވެވަޑައިގަންނަވައިފި

މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ހިންގި “ސެޓްފިކެޓް އިން ހިއުމަން ޑިވެލޮޕްމަންޓް ޕްލޭން ޓުވަރޑްސް އިންމޭޓްސް” ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ބައިވެރިވެވަޑައިގަންނަަވައިފިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ އެމް.ޓީ.ސީ.ޕީ ގެ ދަށުން ކަރެކްޝަނަލް އެކަޑަމީ އޮފް މެލޭޝިއާ ލަންކާވީ އިން އިންތިޒާމް ކޮށްގެން 01 ސެޕްޓެމްބަރ 2015 އިން 25 ސެޕްޓެމްބަރ 2015 އަށް މެލޭޝިއާ ގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމެކެވެ. އަދި މި ޓްރެއިނިންގ ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހަތަރު އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ޓްރެއިނިންގ ޕްރޮގްރާމް ގައި ބައިވެރިވި އޮފިސަރުންނަކީ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އާއި ޗީފް ޕްރިޒަންސް އޮފިސަރ އިބްރާހީމް އަފީފް އާއި ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ޖާދުﷲ ގެ އިތުރުން ޗީފް ޕްރިޒަންސް އޮފިސަރ އިސްމާއިލް ނަސީރު އެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ މެލޭޝިއާ ގެ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ދިނުމަށާއި އަދި މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ އެކި ގައުމުތަކުގެ ޖަލުތަކުގައި ހިންގާ އެކިއެކި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށްގެން ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމެކެވެ. މިޓްރެއިންނިގް ޕްރޮގްރާމްގެ ބައިވެރިން މެލޭޝިއާގެ އެކި ޖަލުތަކަށް ޒިޔާރަތްކޮށް، އެޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ބެހޭ މައުލޫމާތު ވަނީ ހޯދާފައެވެ.