މާފުށީ ޖަލުގައި އެކުވެރި ކަމުގެ ބަށިމެޗެއް ކުޅެފި

މާފުށީ ޖަލުގެ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންނާއި ދެމެދު އެކުވެރި ކަމުގެ ބަށިމެޗެއް ކުޅެފިއެވެ.

މިއަދު ހެނދުނު 08:30 ގައި ކުޅުނު މި ފޯރިގަދަ މެޗަކީ މާފުށީ ޖަލުގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުޅިވަރު ހަރަކާތެވެ. މި ބަށި މެޗްއޮތީ މާފުށީ ޖަލުގެ ވޮލީ ކޯޓްގައެވެ.

މި މެޗް ޝަރަފްވެރި ކޮށްދެއްވީ އީ.އެސް.ޖީ ގެ ޑެޕިއުޓީ ކޮމާންޑަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު އަބްދުލް ވައްހާބު އެވެ.

އަހަރީ ދުވަހުގެ އިންތިޒާމް ކޮމެޓީގެ ފަރާތުން ސީނިއަރ ޕްރިޒަންސް އޮފިސަރ ޝަކީލް ޝަރީފް ވިދާޅުވީ މި މެޗަކީ ވަރަށް ފޯރިއާއިއެކު ކުރިއަށްދިޔަ މެޗެއް ކަމަށާއި އަދި މި މެޗްގެ ސަބަބުން އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) އާއި މާފުށީ ޖަލުގެ މުވައްޒަފުންގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމަށެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި އީ.އެސް.ޖީ ގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.

މި މެޗުން މޮޅުވީ ގިނަދުވަސްތަކަކަށްފަހު މިފަދަ މެޗެއް ކުޅުނު ފިރިހެން މުވައްޒަފުންގެ ޓީމެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އީ.އެސް.ޖީ ގެ ޓީމަކާއި މާފުށީ ޖަލުގެ އޮފިސަރުންގެ ޓީމަކާއި ދެމެދު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗް އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު މާފުށީ ޖަލުގެ ފުޓްބޯޅަ ދަނޑުގައެވެ.