އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމް ހޯދައިފި

މާލޭ ޖަލުގައި ކުރިއަށް ގެންދިޔަ އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމް ހޯދައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގެ ސްޓެލްކޯ ފުޓްސަލް ކޯޓްގައި ކުޅުނު ފައިނަލް މެޗްގައި އެފް.ސީ ބްރާވޯ އާއި ވާދަކޮށް ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމް ޗެމްޕިއަންކަން ހޯދީ 11-3 އިން މެޗް ކާމިޔާބުކޮށްގެންނެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމުންވަނީ މި މެޗްގައި ވަރަށް މޮޅު، ހުނަރުވެރި ކުޅުމެއް ދައްކާފައެވެ. މިމެޗްގައި އެޓީމުގެ ހުސައިން ޞަބާޙް ވަނީ ފަސްގޯލް ކާމިޔާބުކޮށްދީފައެވެ. އަދި ހުސައިން ރިލްވާން އާއި އިސްމާއީލް މުޙައްމަދު އާއި އަބްދުﷲ ޖަމީލް އާއި އަޙްމަދު މައުރޫފްގެ އާއި މުޙައްމަދު ސިރާޖް އިތުރުން ހަސަން ނާޝިދު ވަނީ ކޮންމެ ކުޅުންތެރިއަކުވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ.

corrections-2-620x413

މި މެޗްގައި އެފް.ސީ ބްރާވޯ ގެ ތިންގޯލް ކާމިޔާބުކޮށްދިނީ ސައިފުﷲ ޔޫސުފް އާއި އިބްރާހިމް އަޙްސަންގެ އިތުރުން މުޙައްމަދު ވިޖްދާން އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ ޗެކް ޙަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ.

އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ޓީމަކީ އެޗް.ކިއު ފުޓްބޯޅަ ޓީމެވެ. އެޗްކިއު ޓީމް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.