އައިކޯސްޓް އިން ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހަކާއި ގުޅޭގޮތުން އޮފިސަރުންނަށް މަޢުލޫމާތު ދީފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހަކާއި ބެހޭ ގޮތުން ޖަލުތަކާއި ހެޑްއޮފީހުގެ އެކި ސެކްޝަން ތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް މަޢުލޫމާތު ދީފިއެވެ.

މަޢުލޫމާތު ދީފައިވާ ކޯސް ތަކަކީ “ސެޓްފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަވިޝަން” އާއި “ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަވިޝަން” އެވެ. އެގޮތުން މި ދެ ކޯހާއިބެހޭ މަޢުލޫމާތު ދީފައިވަނީ މާފުށީ ޖަލުުގައެވެ. މިއަދު މަޢުލޫމާތު ދީފައިވަނީ ކޯހުގެ ޝަރުޠުތަކާއި ކޯހުގައި ކިޔަވައިދޭނެ މާއްދާތަކާއި ބެހޭގޮތުންނެވެ.

ފުރަތަމަ ކޯސް 21 ފެބްރުއަރީގައި ފަށާއިރު، 18 ފެބްރުއަރީ އާއި ހަމައަށް ކޯހަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައިވާކަމަށް އައިކޯސްޓް އިން މަޢުލޫމާތު ދެއެވެ.

މި ކޯސްތަކުގައި ބައިވެރިވާ އޮފިސަރުންނަށް އެ އޮފިސަރަކު މަސައްކަތްކުރާ ޖަލެއްގައި ހުރެގެން އެއޮފިސަރެއްގެ އޯފް ޑިއުޓީގައި ކިޔެވުމުގެ ފުރުޞަތު އައިކޯސްޓް އިން ވަނީ ހުޅުވާލާފައެވެ.

އަލަށް އައިކޯސްޓް އިން މި ފަށާ ކޯސްތަކުގެ ތެރެއިން ސެޓްފިކެޓް ލެވެލް 1 ގެ ކޯސް ޚާއްޞަ ކުރެވިފައިވަނީ ޕްރިޒަން ޕްރައިވެޓް، ޕްރިޒަން ލާންސް ކޯޕްރަލް އަދި ޕްރިޒަން ކޯޕްރަލް ރޭންކްގެ އޮފިސަރުންނަށްކަމަށްވެސް އައިކޯސްޓް އިން މަޢުލޫމާތުދެއެވެ. އަދި ސެޓްފިކެޓް 2 ގެ ކޯސް ހާއްސަކުރެވިފައިވަނީ ޕްރިޒަން ސަރޖަންޓް އަދި ޕްރިޒަން ސްޓާފް ސަރޖަންޓް ރޭންކްގެ އޮފިސަރުންނަށްކަމަށްވެސް އައިކޯސްޓްގެ ފަރާތުން މަޢުލޫމާތު ދެއެވެ.