ޖަލުތަކާއި، ޑިޓެންޝަން ސެންޓަރުތައް ހިގަމުންދަނީ “ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ ދަށުން ހެދިފައިވާ ޤަވައިދުތަކާ އެއްގޮތައްތޯ ބެލުމުގެ މަސައްކަތް ފައްޓަވައިފި.

ޖަލުތަކާއި، ޑިޓެންޝަން ސެންޓަރުތައް ހިގަމުންދަނީ “ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ ދަށުން ހެދިފައިވާ ޤަވައިދުތަކާ އެއްގޮތައްތޯ ބެލުމުގެ މަސައްކަތް މިއަދު ފައްޓަވައިފިއެވެ.

މިމަސައްކަތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލުތަކާއި، ޑިޓެންޝަން ސެންޓަރުތައް ހިގަމުންދަނީ “ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ ދަށުން ހެދިފައިވާ ޤަވައިދުތަކާ އެއްގޮތައްތޯ ބެލުމުގެ ގޮތުން އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑް އިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މިމަސައްކަތުގެ މަޤްޞަދާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑްގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު އާސިފް ވިދާޅުވީ މިމަސައްކަތުގެ މަޤްޞަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލުތަކާއި، ޑިޓެންޝަން ސެންޓަރުތައް ހިގަމުންދަނީ “ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ ދަށުން ހެދިފައިވާ ޤަވައިދުތަކާ އެއްގޮތައްތޯ ބަލާ ކަށަވަރު ކުރުންކަމަށާއި، އަދި  މިމަސައްކަތުގެ ތެރެއިން ޖަލުތައް ހިގަމުންދަނީ ހެދިފައިވާ ޤަވައިދުތަކާ އެއްގޮތައްތޯ ކަށަވަރުކުރެވިގެން ދާނެކަމަށެވެ. އަދި ޤަވާއިދުތަކާ ފުށުއަރާ ކަންކަން ފާހަގަކޮށް އެކަންކަން ޖަލުތަކުގެ ޑައިރެކްޓަރުންގެ ސަމާލުކަމަށް ގެނެވޭނެ ކަމަށާއި، އަދިމިކަންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ހިއްސާކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

112-620x413

ސްޕްރިންޑެންޓެންޑް އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އިތުރަށް ވިދާޅުވީ މިފަދަ މަސައްކަތް ކުރުމުގެ އެންމެ މުހިންމު އެއްމަޤްޞަދަކީ ޖަލުތައް ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ޖަލުތައް ހިންގާ ނިޒާމަށް ފާރަވެރިވުން ކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން ޖަލުތަށް ހިންގުމުގައި ހުރި ގޮންޖެހުތައް ދެނެގަނެވި މިކަންކަން ހައްލުކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އަދި މިއަދު ފެށިގެން ދިޔަ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށާއި، އަދި މިސައްކަތް ނިންމުމަށްފަހު އިސްލާޙް ކުރަންޖެހޭ ކަމަށް ފެންނަ ކަންކަން ޖަލުތަކުގެ ޑައިރެކްޓަރުންނަށް އެންގުމަށް ފަހު އެކަންކަން އިސްލާޙް ކުރެވުނުމިންވަރު ބެލުމަށް ރިވިއު ކުރުމުގެ ޕްރޮގްރާމްތަކެއް ރޭވިފައި ވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުންވެސް ތަފާތު ޕްރޮގްރާމްތަކެއް މިއަހަރު ކުރިއަށް ރޭވިފައި އެބަހުރި ކަމަށާއި އެގޮތުން އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އާއި ލީގަލް ސެކްޝަން ގުޅިގެން ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ޖަލު އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ޕްރޮގްރާމްތަކެއް ރޭވިފައި ހުރިކަމަށް ވިދާޅުވިއެވެ.

މިމަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ޒިޔާރަތް ކުރީއައްސޭރިޖަލަށެވެ.

އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑްއަކީ މޯލްޑިވްސް ކަރެކްޝަންލް ސަރވިސްގެ އޮފިސަރުންގެ ސުލޫކީ މިންގަނޑު ހިއްފެހެއްޓުމުގެ އެންމެހާ މަސައްކަތްތަކާއި، ޤާނޫނާއި ޤަވައިދުތަކަށް އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކޮށް، އޮފިސަރުންގެ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، މިސަރވިސްގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ތަރައްޤީކުރުމަށް ބޭނުންވާ ޚިޔާލުތައް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ހުށައެޅުމަށް ކޮމިޝނަރ އުފައްދަވާފައިވާ ސެކްޝަނެކެވެ.