އެސް.އެސް.ސީ އަދި އައި.ޖީ.ސީ.އެސް.ސީ އިމްތިހާނުގައި 21 ގައިދީން ބައިވެރިވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން 21 ގައިދީއަކު މިއަދު ފެށި އެސް.އެސް.ސީ އަދި އައި.ޖީ.ސީ.އެސް.ސީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވެއްޖެއެވެ.

އެސް.އެސް.ސީ އިމްތިހާންގައި މިދިޔަ އަހަރުވެސް 14 ގައިދީއަކު ވަނީ ބައިވެރިވެފައެވެ.

މާފުށި ޖަލާއި އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެއެވެ.  އެގޮތުން ޤްރުއާން ކްލާސްތަކާއި ދީނީ ޢިލްމުގެ ކޯސްތައްވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަމުން ގެންދެއެވެ.