ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019: ޓީމް އެޗް ކިޔު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

Prison Club

ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019 ގައި ޓީމް އެޗްކިޔު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

މި މެޗް ޓީމް އެޗް ކިޔު ކާމިޔާބު ކުރީ މާފުށީ ޖަލާ ވާދަކޮށް 1 0 ގެ ނަތީޖާއަކުން މާފުށީ ޖަލުގެ މައްޗަށް ކުރިހޯދައި ގެންނެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާޓުންވެސް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް އެޗްކިޔުގެ ޖަރޒީ ނަންބަރު 14 ލާންސް ކޯޕްރަލް މައުރޫފް އަބްދުލް އަޒީޒް އެވެ.

މި މުބާރާތަކީ، އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުވުމުގެ މަޤަޞަދުގައި ކުރިއަށް ގެންދާ ޙަރާކާތެކެވެ. އެމްސީއެސް އިން އަންނަނީ އަހަރުގެ އެކި ދުވަސްވަރުގައި އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ އެކި ޙަރަކާތްތައް ރާވާ ހިންގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *