ލީޑަރޝިޕް އިން މެނޭޖްމަންޓް ގެ ލެވެލް 1 އަދި 2 ގެ ޕްރޮގްރާމްތަކެއް ފެށުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި

އުރީދޫ މޯލްޑިވްސް އާއި އެވިޑް ކޮލެޖު އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގުޅިގެން އެމްސީއެސްގެ އޮފިސަރުންނަށް ލީޑަރޝިޕް އިން މެނޭޖްމަންޓް ކޯހުގެ ލެވެލް 1 އަދި 2 ގެ ޕްރޮގްރާމްތަކެއް ފެށުމަށް މަޝްވަރާ ބައްދަލުވުންތަކެއް މިއަދު ބާއްވައިފި އެވެ.

މި ބައްދަލުވުމަކީ، މިއަހަރުގެ މާރޗް މަހު މާފުށީ ޖަލުގައި ތަޢާރަފްކުރި އުރީދޫ ސްމަރޓް ކެމްޕަސް މެދުވެރިކޮށް އޮފިސަރުންނަށް ކޯހެއް ހިންގުމަށާއި، އެކަމާއި ގުޅޭގޮތުން ވާންޖެހޭ އެކި ތައްޔާރީތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކޯހަކީ، އުރީދޫ މޯލްޑިވްސްގެ ސްޕޮންސަރޝިޕްގެ ދަށުން އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފ ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި، އުރީދޫ މޯލްޑިވްސް އަދި އެވިޑް ކޮލެޖުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.