މާފުށި ޖަލުގައާއި ހެޑް އޮފީހުގައި މާހެފުން ބާއްވައިފި

 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށި ޖަލުގައާއި ހެޑް އޮފީހުގައި މާހެފުން ބާއްވައިފިއެވެ.

މާފުށި ޖަލުގެ އޮފިސަރުންނަށް ހާއްސަކޮށްގެން ބޭއްވި މާހެފުން ޝަރަފްވެރިކޮށްދެއްވީ އެ ޖަލުގެ ޑައިރެކްޓަރ އޮފް ފްރިޒަންސް އޭ.އެސް.ޕީ އަހުމަދު ރިޒާ އެވެ. އަދި ހެޑް އޮފީހުގެ މާހެފުން ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ އެވެ.

ހެޑް އޮފީހުގައި ބޭއްވި މާހެފުމުގައި މުވައްޒަފުންގެ މެދުގައި ރޯދަ ހަދިޔާ ބަދަލުކުރުން ކުރިޔަށް ގެންގޮސްފައި ވެއެވެ. މާފުށި ޖަލުގައި ބޭއްވި މާހެފުމުގައި ރޯދަމަހާއި ގުޅުވައި، އެމަހުގެ މާތްކަމާއި، ބެހޭގޮތުންް ދީނީ ނަސޭހަތް ދިނުން އޮތެވެ.

Maldives Correctional Service

މި ދެ މާހެފުމުގައި ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.