އައްސޭރި ޖަލުގެ 10 ވަނަ އަހަރީ ދުވަހުގެ ޑިނަރ ނައިޓް ބާއްވައިިފ

އައްސޭރި ޖަލަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އެޖަލުގައި ޑިނަރ ނައިޓެއް ރޭ ބާއްވައިފި އެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އެވެ. އަދި މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާޙިމް މުޙައްމަދު ދީދީ އާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ކޮމިޝަންޑް އަދި ނޮން ކޮމިޝަންޑް އޮފިސަރުންނާއި، އޮފިސަރުންގެ އާއިލާތައް ބައިވެރިވި އެވެ.

މީގެއިތުރުން ރޭގެ ރަސްމިއްޔާތުގައި އައްސޭރި ޖަލަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި، އެކިގޮތްގޮތުން ފާހަގަކޮށްލެވޭ އޮފިސަރުންނަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ. އަދި އައްސޭރި ޖަލު ގާއިމް ކުރެވުނީއްސުރެ މިއަދާހަމައަށް މެދުކެނޑުމެއްނެތި ޚިދުމަތްކޮށްދީފައިވާ 2 އޮފިސަރަކަށް ވެސް ވަނީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

Maldives Correctional Service

އައްސޭރިޖަލަށް 10 އަހަރު ފުރުން ފާހަގަކުރެވިގެން ދާއިރު، މިޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންގެންދާ ޤައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ކުރުވާ ޖަލެކެވެ. މިހާރުވެސް މިޖަލުގައި ގިނައަދަދެއްގެ ޤައިދީން ތިބިއިރު، އެޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ގޮތުން ތަފާތުގިނަ މަސައްކަތްތަކެއް ޤައިދީންލައްވާ ކުރުވަމުން ގެންދެއެވެ.