މާލެ ޖަލުގެ އޮފިސަރުންނަށް އަމާޒުކޮށްގެން އޯގަނައިޒޭޝަން ބިހޭވިއަރ ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ން އިންތިޒާމްކޮށްގެން މާލެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނަށް އަމާޒުކޮށް އޯގަނައިޒޭޝަން ބިހޭވިއަރ ވޯރކްޝޮޕެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދި މި ވަރކްޝޮޕަކީ، ޖަލުގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ކޮންމެ ބަދަލަކަށްވެސް ނަފްސު ހޭލުންތެރި ކުރުވުމާއި، މުއައްސަސާއަށް އައިސްދާނެ ރަނގަޅު ބަދަލުތަކާއި ނުރަނގަޅު ބަދަލުތައް ދަސްކޮށްދިން ޕްރޮގުރާމެކެވެ. އަދި ޤައިދީންގެ ފަރާތުން އަންނަ ޕްރެޝަރުތަކަށް އެންމެ އެދެވޭނެ ފިޔަވަޅު އެޅުމާއި ގައިދީންވެސް، މުއައްސަސާއަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކޮށް އެކި މުއައްސަސާތަކުގެ ހިންގުން ގެންގުޅޭ ގޮތްތައް ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ.

ހުޅުމާޅެ ޖަލުގައި ކުރިއަށްގެންދި މި ވަރކްޝޮޕްގައި މާލެ ޖަލުގެ 20 އޮފިސަރުން ބައިވެރިވި އެވެ.