މާފުށީގައި ގައިދީންނަށް ޚާއްޞަކޮށްގެން ލޯންޑްރީ އަކާއި އެކަހެރި ބައްދަލުވުމަށް އިތުރު 2 އެޕާރޓްމަންޓް ހުޅުވައިފި

މާފުށި ޖަލުގައި ޤައިދީންނަށް ޚާއްޞަކޮށްގެން ލޯންޑްރީ އަކާއި، އެކަހެރި ބައްދަލުވުންތަކަށް ޚާއްޞަ އިތުރު 2 އެޕާރޓްމަންޓް މިއަދު ހުޅުވައިފި އެވެ.

ލޯންޑްރީ އާއި އެޕާރޓްމަންޓް ހުޅުއްވާ ދެއްވީ، މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ރިޒާ އެވެ. 

މިއަދު ހުޅުވި ލޯންޑްރީއަކީ، އަންހެން ޤައިދީން ބައިތިއްބާފައި ތިބޭ ޔުނިޓް ގައި އަންހެން ޤައިދީން ބޭނުންކުރުމަށް ހުޅުވި ލޯންޑްރީ އެވެ.

މި ލޯންޑްރީއަކީ، އޮފިސަރުންގެ ބެލުމުގެ ދަށުން އަންހެން ޤައިދީން އެއްޗެހިދޮވުމަށް ޚާއްޞަކޮށްގެން ހުޅުވި ލޯންޑްރީއެކެވެ. އަދި މި މަސައްކަތަކީ، ޤައިދީންނަށް އުޖޫރަދީގެން ކުރުވުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި ފިރިހެން ޤައިދީން ބޭނުންކުރުމަށް ފިރިހެން ޤައިދީން ބައިތިއްބާފައި ތިބޭ ޔުނިޓްގައި ވެސް ލޯންޑްރީ އެއް ހުޅުވުމަށް ވަނީ ހަމަ ޖެހިފަ އެވެ.

Maldives Correctional Service

މީގެ އިތުރުން އެކަހެރި ބައްދަލުވުމަށް ޚާއްޞަ އިތުރު 2 އެޕާރޓްމަންޓް މިއަދު ހުޅުވާފައިވާއިރު އެކު މުޅި އެކު 4 އެޕާރޓްމަންޓް އެކަހެރި ބައްދަލުވުންތަކަށް މިހާރު ބޭނުންކުރެވެމުން ދާނެ އެވެ.