އެމްސީއެސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ޑީއެސްޕީ އަލްއުސްތާޛް މުޙައްމަދު ޠަލާލް، އަދި މީޑިއާ އޮފިޝަލްކަމަށް އެފްޕީއޯ އަޙްމަދު ނަސީމް ހަމަޖައްސަވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ޠަލާލް، އަދި މީޑިއާ އޮފިޝަލްކަމަށް ފަރސްޓް-ކްލާސް ޕްރިޒަން އޮފިސަރ އަޙްމަދު ނަސީމް ހަމަޖައްސަވައިފިއެވެ.

ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ޠަލާލް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޤާނޫނު ނަމްބަރު 1/2014، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެޤާނޫނުގައިވާ ގޮތުގެމަތިން މަޢުލޫމާތު ފޯރުކޮށްދޭ އިންފޮރމޭޝަން އޮފިސަރުގެ ގޮތުގައެވެ. މި މަގާމަށް ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ޠަލާލް ހަމަޖައްސާފައިވަނީ މިހާރު އަދާކުރަމުން އަންނަ މަސްއޫލިއްޔަތުތަކުގެ އިތުރުންނެވެ.

ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ޠަލާލް އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފެންޑަރ ސަރވިސް ކޮމާންޑްގެ ޑައިރެކްޓަރ އެވެ. އަދި ފަރސްޓް-ކްލާސް ޕްރިޒަން އޮފިސަރ އަޙްމަދު ނަސީމްއަކީ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ހެޑްއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއިގުޅޭ މައުލޫމާތު ހޯދުމަށް އެފްޕީއޯ އަހްމަދު ނަސީމް އަށް އީމެއިލް ކުރާނީ [email protected] އަދި ގުޅާނީ 9553500 ށެވެ.