އެމްސީއެސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހުޅުމާލޭ ޖަލުގައި ބޭއްވި ސްޓްރެސް މެނޭޖްމަންޓް ވާރކްޝޮޕް ނިންމާލައިފި

ICOST

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ހެޑް އޮފީހުގައި މަސައްކަތް ކުރާ އޮފިސަރުންނަށާއި މާލޭޖަލުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހުޅުމާލޭޖަލުގައި ބޭއްވި ސްޓްރެސް މެނޭޖްމަންޓް ވާރކްޝޮޕް އިއްޔެ ނިންމާލައިފި އެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ބޭއްވި މި ވާރްކްޝޮޕަކީ، ޖަލުގެ މާޙައުލުގައި އަދި އަމިއްލަ ދިރިއުޅުމުގައި އޮފިސަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށް އެކަންކަމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމާއި ކަންކަމަށް ހާސްވެ ކަންބޮޑުވުމުގެ ނުރައްކަލާއި، މިކަންކަމުން އަމިއްލަ ނަފްސް އަދި އެކުގައި އުޅޭ އޮފިސަރުން ސަލާމަތްކުރާނެ އުކުޅުތައް ދަސްކޮށް ދިނުުގެ މަޤްޞަދުގައި ބޭއްވި ޕްރޮގްރާމެކެވެ. އަދި ޤައިދީންގެ ފަރާތުން އަންނަ ޝަކުވާތަކާއި ކުރިމަތި ކުރުވައި ސުވާލުތަކަށް ޖަވާބު ދޭނެގޮތް ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ.

ޖުމްލަ 17 އޮފިސަރުން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ މާރޗް 11 އަދި 12 ވަނަ ދުވަހު ހުޅުމާލޭ ޖަލުގެ ކްލާސްރޫމްގައެވެ.

އެމްސީއެސްގައި މަސައްކަތް ކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން އައިކޯސްޓުން އަންނަނީ ތަފާތު އެކި ޕްރޮގްރާމްތައް އެކިފަހަރު މަތިން ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ މަޤްޞަދަކީ، އެމްސީއެސްގެ އޮފިސަރުންނަކީ ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް ތިބި ބައެއްގެ ގޮތުގައި ހެދުމާއި، އޮފިސަރުންނަށް ތަފާތު ކަންކަމާއި ކުރިމަތިލާން ދަސްކޮށްދީ، އެންމެ އެކަށީގެންވާ ގޮތުގައި ކަންކަން ޙައްލު ކުރާނެގޮތް އުންގަންނައިދިނުމެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *