އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްސީއެސްގެ ހެޑްއޮފީހުގައި ޑިނަރ ނައިޓެއް ބާއްވައިފި

Maldives Correctional Service

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ހެޑް އޮފީހުގެ ފިރިހެން އޮފިސަރުންނާއި މުވައްޒަފުން އިސްނަގައިގެން އޮފީހުގެ އަންހެން އޮފިސަރުންނާއި މުވައްޒަފުންނަށް ރޭ ޑިނަރ ނައިޓެއް ބާއްވައިފި އެވެ.

މި ޑިނަރ ނައިޓުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާޙިމް މުޙައްމަދު ދީދީ އާއި، އޮފީހުގެ ބައެއް އިސް ވެރިންނާއި، އެމްސީއެސްގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވި އެވެ.

މީގެއިތުރުން މިދުވަހުގެ މުނާސަބަތާއި ގުޅިގެން އިއްޔެ ހެނދުނު ފިރިހެން މުވައްޒަފުން ވަނީ، އަންހެން މުވައްޒަފުންނަށް ރޭގަނޑުގެ ފަރިއްކޮޅުގެ ދައުވަތާއި އެކު ފިނިފެންމާ ވެސް ހަދިޔާކޮށްފަ އެވެ.

އަދި މީގެއިތުރުން، ރޭ ހެޑް އޮފީހުގައި ބޭއްވި މި ޑިނަރ ނައިޓުގައި ބައިވެރިވި ކޮންމެ އަންހެން މުވައްޒަފަކަށް ދުވަހާއި ގުޅިގެން ޚާއްޞަ ހަދިޔާއަކާއި ކަޕްކޭކެއް ވެސް ވަނީ ދީފައެވެ.

ޑިނަރ ނައިޓް ނިމިގެން ދިޔައީ، ދުވަހަށް ޚާއްޞަކޮށްގެން ތައްޔާރު ކޮށްފައިވާ ކޭކު ފެޅުމަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *