ހޯމް މިނިސްޓަރ މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފި

ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ މާފުށީ ޖަލުގެ ގައިދީންނާ 
 -- ބައްދަލުކުރައްވަނީ
ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ މާފުށީ ޖަލުގެ ގައިދީންނާ -- ބައްދަލުކުރައްވަނީ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ އެޖަލުގެ ޙާލަތު ބައްލަވައިފިއެވެ.

މިނިސްޓަރގެ މިޒިޔާރަތަކީ އެޖަލުގައި މިއަދު ފެށި އެގްރިކަލްޗަރ ފެއަރ ހުޅުއްވާދެއްވުމަށް މާފުށްޓަށްކުރެއްވި ދަތުރުގައި ކުރެއްވި ޒިޔާރަތެކެވެ.

މިޒިޔާރަތުގައި މޯލްޑިވްސް ކަރެކްޝަންލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން މިޒިޔާރަތުގައި މިނިސްޓަރ ވަނީ މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމެންޓާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ޖަލުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާ ތަޢުރީފްކުރައްވާފައެވެ. އަދި މުވައްޒަފުންކުރާ މަސައްކަތްތަކަކީ ރިސްކް ބޮޑު މަސައްކަތްތަކެއްކަމަށާއި، ރައްކާތެރިކަމާއިއެކު މަސައްކަތްކުރެއްވުމަށް ވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

އަދި މިދަތުރުގައި މިނިސްޓަރ ވަނީ މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކާއި، ދަނޑުވެރިކަންކުރާ ސަރަހައްދުގެ އިތުރުން ވޮކޭޝަނަލް ވާރކްޝޮޕްތަކާއި، މާފުށީ ޖަލުގެ މެޑިކަލް ސެންޓައަށް ޒިޔާރަތްކުރައްވާ އެތަންތަންވެސް ބައްލަވާލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *